ޖަލު ހެދުން ލާން ދެކޮޅު ހެދުމުން ބައްސާމް ކޯޓަށް ހާޒިރުކުރީ ކުލަ ހެދުމުގައި
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 1:28
ޖަލުގައި ގައިދީން ލުމަށް ޚާއްސަކޮށްފައިވާ ހެދުން ލާން ދެކޮޅު ހެދުމުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، މިއަދު ކުލަ ހެދުމުގައި ބިޑި އަޅުވައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން 'ސަން' އަށް ބުނި ގޮތުގައި ބައްސާމް މިއަދުގެ އަޑުއެހުމަށް ހާޒިރުކުރީ ކުލަ ހެދުމުގައި ބިޑި އަޅުވައިގެންނެވެ. ނަމަވެސް ކޯޓަށް ހާޒިރުވާއިރު ލާނެ ހެދުމާ ގުޅިގެން ނިންމުން ނިންމާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ކަމަށް ކޯޓުން ބުންޏެވެ.
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި މިއަދު ވަނީ ދިގުލައިގެން ގޮސްފައެވެ. އެއީ ޖަލު ގޮޅިން އޭނާ ނުކުންނަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ.