ހިޔާ ފްލެޓް ފިނިޝިންއަށާއި، ވިނަރެސް ފްލެޓް ގަންނަން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓުކުޑަކުރަން ރައީސް އެދިވަޑައިގެންފި
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 2:14
ހިޔާ ޓަވަރުތަކުގެ ފިނިޝިން މަސައްކަތަށާއި، ވިނަރެސް ފްލެޓް ގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ކުޑަކޮށްދޭން އެދިވަަޑައިގެންފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބީއެމްއެލުން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނެއް އެބައޮތް ކަމަށެވެ.
އެއީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށްވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކާއެކު މަޝްވަރާކުރައްވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.