ގއ. ވިލިނގިލީގައި ވިހެއިތަނުން ދަރިފުޅު މަރުވުން: މިނިސްޓްރީން މައްސަލަ ބަލަނީ
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 2:32
ސަތާރަ އަހަރަށްފަހު، އިއްޔެ ވިހެއި ދަރިފުޅު ގއ. ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން މަރުވީ، މަންމައަށް ލިބެންޖެހޭ ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުންކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކުރަނިކޮށް އެ ހާދިސާ ހިނގި ގޮތް ތަހުގީގުކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެެވެ.
ހެލްތު މިނިސްޓްރީން މިއަދު "ސަން"އަށް ބުނީ އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް މިހާރު އައިސްފައިވާ ކަމަށެވެ. އަދި އެ ކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުންޏެވެ.
މި ހާދިސާގައި މަރުވީ ގއ. ދާންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަންހެނަކު ވިހެއި އަންހެން ކުއްޖެކެވެ.