ޗައިނާ ސަފީރު، އެސްއެސް މީޑިއާއަށް ޚާއްސަ ޒިޔާރަތެއް ކުރައްވައިފި
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 3:20
އެކި ދާއިރާތަކުން ރާއްޖެއަށް ގިނަގުނަ އެހީތެރިކަމެއް ވެދެމުން އަންނަ, ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ, ސަން ސިޔާމް މީޑިއާއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ސަން އޮންލައިނާއި އެސްއެސްޓީވީގެ އިތުރުން ސަން ޕްލޭ ހިންގާ އޮފީހަށް, ސަފީރު ކޮންގް މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި ވަނީ މި މީޑިއާގެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ. އަދި މި މީޑިއާގެ ނިއުސްރޫމާއި ސުޓޫޑިއޯތައް ވެސް ސަފީރު ބައްލަވާލައްވައިފައިވެއެވެ.
މި ޒިޔާރަތަށް ފަހު "ސަން" އަށް ދެއްވި އިންޓަވިއޫއެއްގައި ސަފީރު ވިދާޅުވީ އެސްއެސް މީޑިއާއަކީ، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާ އެންމެ ގާތްކޮށް ގުޅުން ބާއްވާ އެއް މީޑިއާ ކަމަށެވެ. އަދި އެސްއެސް މީޑިއާގެ ފަރާތުން ދޭ އެއްބާރުލުމާއި، ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރަން ކުރާ މަސައްކަތަށް ވަނީ ޝުކުރު އަދައިކުރައްވައިފައެވެ.