މަސީން އިމާރާތްކުރުމުގެ ދާއިރާއިން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 5:03
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން އިމާރާތްކުރުމުގެ ދާއިރާއިން ދޭ "ބިލްޑާ އެވޯޑްސް 2025"އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ބިލްޑާ އެވޯޑްސްއަކީ ކޮންސްޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަގު ވަޒަން ކުރުމަށް މަސީން ބާއްވާ އެވޯޑު ހަފުލާއެކެވެ.
މަސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ކޮންސްޓްރަކްޝަން ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ކުންފުނިތަކާއި މި ދާއިރާގެ މަސައްކަތްތެރިންނަށް އެވޯޑުތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފައެވެ. މި އެވޯޑު ހަފުލާ ބާއްވާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.