ތައިލޭންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން މޯލްޑިވިއަންއާ ހަވާލުކޮށްފި

ސަން

16 ނޮވެމްބަރު 2025 | އާދިއްތަ | 4:10

އެއާ އެމްބިއުލްންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށްޓަކައި ޞިއްޙީ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާއިއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރު އެވެ. މި އެެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދުއެވެ.

މޯލްޑިވިއަން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޞިއްޙީ ވުޒާރާގެ ދަށުން، މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް އުފައްދަވައިވާ ކަމަށެވެ. އަދި މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރު މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުން ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.

މައުޟޫޢުތަށް