ތަރިކައިގެ ދާއިރާ ދިރާސާކުރުމަށް 40 މާސްޓާސް ޑިގްރީ ސްކޮލާޝިޕް ހަވާލުކޮށްފި
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 3:57
ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާ ދިރާސާކޮށް، އިލްމީ ކުރުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫއުގެ ދަށުން 40 ފަރާތަކަށް މާސްޓާސް ޑިގްރީއަށް ކިޔެވުމަށް، ހިލޭ ސްކޮލަޝިޕް ހަވާލުކޮށްފިއެވެ.
މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސީޓީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުގެ ބައިވެރީންނާއި، ކޯހަށް ހޮވުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ރިސާޗު މާސްޓާސްއެއް ލިބޭ ގޮތަށް، އެ ޔުނިވަސިޓީއާއި، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ތަރިކަ އިއާދަކުރުމުގެ ގައުމީ މަޝްރޫއުގެ ވައުދުފުޅު ހަގީގަތަކަށް ހެއްދެވުމުގެ ބައެއް ކަމަށް ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ބުންޏެވެ.