ކޮންޓެއިނަރު ސްކޭނާ ގަންނަން 51 މިލިއަން ބޭނުންވޭ، މިނިސްޓްރީން ދޭން އުޅުނީ 15 މިލިއަން
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 6:09
މާލެ ވިޔަފާރި ބަނދަރުގައި ބަހައްޓާ ކޮންޓެއިނަރު ސްކޭނާ ގަތުމަށް 51 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފިއެވެ.
މާލެ ވިޔަފާރި ބަނދަރުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމަށް ކޮންޓެއިނަރު ސްކޭނާ ހަރުކުރުމުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ބަޖެޓު ދިސާރާ ކުރާ ކޮމިޓީން މިއަދު ވަނީ، ކަސްޓަމްސްއާއި އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީއާ ހަވާލާދީ، އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، އެ ސްކޭނަރު ގަތުމަށް މި އަހަރު ކަސްޓަމްސްއަށް 15 މިލިއަން ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.