ހިޔާގެ ހަތަރު ޓަވަރެއްގައި އައު ލިފްޓު ހަރުކޮށް، ބޭނުންކުރަން ފަށައިފި
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 7:22
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އައު ލިފްޓު ހަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޖުމުލަ ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކޮށް ނިމި، ބޭނުންކުރަން ފަށައިފިއެވެ.
ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ، މިދިޔަ އޭޕްރީލް މަހު 18ގައެވެ.
ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން ފެބްރުއަރީ 2024ގައި ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.