އެންމެން ހެއްވާލި ކޭޖީއެމްގެ ވަދާއީ ޝޯތަކުގެ ޓިކެޓު ވިއްކަނީ
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 7:39
ސެޓާން ސްޓޫޑިއޯއާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް)ގެ ވަދާއީ ޝޯތަކުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.
މި މަހު ހަތަރެއްގައި އޮލިޕްމަހުގައި ޕްރިމިއާކުރި، ކޭޖީއެމްގެ ވަދާއީ ޝޯތައް އަޅުވަނީ މާދަމާ ރެއާއި އަންނަ އަންގާރަ އަދި ބުދަ ދުވަހުގެ ރެއެވެ. އެ ޝޯތަކުގެ ޓިކެޓު އޮލިމްޕަހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި 7743399އަށް ގުޅައިގެން ނުވަތަ ވައިބާ ކޮށްގެން ޓިކެޓް ގަނެވޭނެއެވެ.
ގިނަ ބަޔެއްގެ ތަރުހީބު ލިބެމުން އަންނަ، ކޭޖީއެމް ބެލުމަށް ރަށްރަށުން ވެސް ބެލުންތެރިންގެ މެދުގައި އޮތް ޑިމާންޑު ބޮޑެވެ. ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީޤު ވެސް ފާހަގަކުރީ އެ ކަމެވެ.