މި ސަރުކާރުގެ ސިޔާސަތު ޚާއްސަ ކުރަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް: މުއްތަލިބް
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 11:05
މިރޭ އިފުތިތާހުކުރި، ސަރުކާރުގެ ސިޔާސަތު "އެންމެނަށް ބޯހިޔާވަހިކަން" ޚާއްސަ ކުރަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެއެވެ.
އެ ސިޔާސަތު އިފުތިތާހުކުރި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ކޮންމެ މީހަކު ވެސް އަމިއްލަ ގެއަކަށް ކުރާ އުންމީދު ދޫކޮށެއް ނުލާނެ ކަމަށެވެ.
ކޮންމެ ރައްޔިތެއްގެ ހުވަފެނަކީ އަމިއްލަ ބޯހިޔާވަހިކަމެއް ލިބި، ރައްކާތެރި ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުން ކަމަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާސިލުކޮށްދޭން މަސައްކަތް ކުރަނީ އެ އުންމީދުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.