ރެނދު ނުލާނެކަމަށް ބުނި އެފްޑީސީ ފުލެޓުތަކުގައި ރެނދުލަނީ: "ނުރައްކަލެއް ނެތް"

ސަން

17 ނޮވެމްބަރު 2025 | ހޯމަ | 10:37

މީގެކުރިން ރެނދު ނުލާނެ ކަމަށް ބުނެފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ 4،000 ފުލެޓުގެ ބައެއް ތަންތަނުގައި ރެނދުލާން ފަށާފައިވާއިރު އެއީ އަލަށް މަސައްކަތް ނިންމާ އިމާރާތްތަކުން ފެންނާނެ ފަދަ ކުދިކުދި ރެނދުތަކެއް ކަމަށާއި، އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެފްޑީސީން އިމާރާތްކުރި ބައެއް ޓަވަރުތަކުގައި މީހުން މިހާރު އުޅެން ފަށާފައިވާއިރު ރެނދުލުމުގެ ބައެއް މައްސަލަތައް މިފަހުން ވަނީ ފެންމަތިވެފައެވެ.

އެކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން އެފްޑީސީގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އަލަށް އިމާރާތްކޮށް ބޭނުންކުރަން ފަށާއިރު އެ އިމާރާތްތަކުގައި ކުދިކުދި ރެނދުލުން ފަދަ މައްސަލަތައް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް މުޅި އިމާރާތަށް ބަލާނަމަ އެއްވެސް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް