އަގީލް ހައްޔަރުނުކުރެވޭތީ، ބައްސާމްގެ މައްސަލައިގެ މިއަދުގެ ޝަރީއަތް ވެސް ކެންސަލް
ސަން
17 ނޮވެމްބަރު 2025 | ހޯމަ | 11:20
އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުނުކުރެވުމުގެ ސަބަބުން، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ކެންސަލް ވެއްޖެއެވެ.
މި މައްސަލައަކީ އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މީގެ ތެރޭގައި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ތެރޭގައި އަގީލް ހިމެނެއެވެ.