މަންމައަށް އަނިޔާކުރި ދަރިއެއްގެ މައްސަލަ ބަލަން އަންގައިފި

ސަން

17 ނޮވެމްބަރު 2025 | ހޯމަ | 2:20

ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ ޒުވާނަކު، އޭނާގެ މަންމައަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ކޯޓުން ބޭރުކޮށްލާފައިވަނިކޮށް، އެ މައްސަލަ ބަލަން ހައިކޯޓުން އަންގައިފިއެވެ.

ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ހިނގި މި ހާދިސާގައި ދިވެހި ޒުވާން ފިރިހެނަކުވަނީ އޭނާގެ މަންމައަށް ގޮނޑިއަކުން ހަމަލާދީ، މާރާމާރީ ހިންގާފައެވެ. މި ހާދިސާ ހިނގީ މިދިޔަ އަހަރު ތެރޭގައެވެ. މި މައްސަލައާއި ގުޅިގެން އެ ޒުވާނާ ބަންދުވެސް ކުރިއެވެ. ޝަރީއަތް ނިމެންދެން އެ ޒުވާނާ ބަންދުކޮށް ހުއްޓާ އޭނާ ދޫކޮށްލާފައިވަނީ ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުންނެވެ.

ކޯޓުން މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދުވަނީ އެ މައްސަލަ އަލުން ބަލަން އަންގާފައެވެ. އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މާރާމާރީ ހިންގިއިރު، އެކަން ހުއްޓުވަން އުޅުނު އެހެން އަންހެނަކަށްވެސް މަރުގެ އިންޒާރުވެސް ދީފައެވެ. ރިޕޯޓުގައިވާ ގޮތުން އޭނާވަނީ "ތި ކއތވެސް މަރާލާނަމޭ، ތި ކއތ ކޮންމެ ފަހަރަކު އަނގަކޮށްޕާކަށް ނުޖެހެޔޭ. ތި ކއތއަށްވެސް ހޭއަރުވާލާނަމޭ" ބުނެ، އިންޒާރު ދީފައެވެ.

މައުޟޫޢުތަށް