ޚިޔާލު ހޯދާ ވޯޓު ނަގަންވާނީ އަމިއްލަ މަސްލަހަތު ފޮރުވާކަށް ނޫން: ދީދީ
ސަން
17 ނޮވެމްބަރު 2025 | ހޯމަ | 3:12
ޚިޔާލު ހޯދުމުގެ ވޯޓަކީ ޣައިރު ދުސްތޫރީ އަމަލުތަކާއި އަމިއްލަ މަސްލަހަތު ފޮރުވައި ހިމާޔަތްކުރަން ނަގާ ވޯޓަކަށް ވެގެން ނުވާނެ ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުالله ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ދީދީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ވަކިކުރުމުން އެ މެންބަރުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށްފަހު، އެ މެންބަރުގެ ގޮނޑި ގެއްލޭނީ މެންބަރުގެ ދާއިރާއިން ފެންނަ ނުފެންނަ ވޯޓު ނެގުމުން ކަމަށް ޤާނޫނުއަސާސީއަށް އަކުރެއް އިތުރުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނިކޮށެވެ.
ދީދީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެންބަރުން ވަކިކުރުމާ ގުޅޭ މާއްދާއަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބޭނުމަކީ ޤާނޫނުއަސާސީގެ ސިފަތަކާ ޚިލާފަށް، ޕާޓީން ވަކިކުރުމުން މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ މާޗް މަހު ޤާނޫނުއަސާސީއަށް ގެނައި ޣައިރު ދުސްތޫރީ ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮއްވާ އެ ބަދަލު ސައްހަކުރުން ކަމަށެވެ.