ބީލަމަށް ނުލައި މަޝްރޫއުތައް ހަވާލުކުރި މައްސަލަ ބަލަން، އޭސީސީއަށް އަމުރުކުރަން ޕީޖީގައި އެދިއްޖެ

ސަން

17 ނޮވެމްބަރު 2025 | ހޯމަ | 5:30

ބީލަމަށް ނުލައި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ކުންފުނިތަކަށް ދިން 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށާއި އެގޮތަށް މަޝްރޫއުތައް ކެބިނެޓުން ދޭން މަގުފަހިވާ ގޮތަށް ނިންމި މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފަށް އިދިކޮޅު އެމްޑީޕީން މިއަދު ސިޓީއެއް ފޮނުވައިފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން އަމިއްލަ ކުންފުނިތަކާ 206 މަޝްރޫއެއް އެއް ފަހަރާ ހަވާލުކުރީ މި މަހުގެ ހަވަނަ ދުވަހެވެ. އެކި ދާއިރާތަކުގެ އެ މަޝްރޫއުތައް ހަވާލުކުރީ 53 ކުންފުންޏަކާއެވެ.

އެ މަޝްރޫއުތައް ހަވާލުކުރި ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ މަޝްރޫއުތަކަށް ފައިސާ ދިނުން ހުއްޓުވުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މި މަހުގެ ނުވަ ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ.

މައުޟޫޢުތަށް