މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން އިށީނދެވަޑައިގެންނެވި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްފި

ސަން

17 ނޮވެމްބަރު 2025 | ހޯމަ | 5:52

އިނގިރޭސީންގެ ހިމާޔަތުން މިންޖުވުމަށް، މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ގޮނޑިތައް އިނގިރޭސި ވިލާތުން ރާއްޖެއާ މިއަދު ހަވާލުކޮށްފިއެވެ.

ރާއްޖެއަށް އިނގިރޭސީންގެ ކިބައިން ފުރިހަމަ މިނިވަންކަން ލިބުނީ ޖުލައި 26، 1965ގައި، ރާއްޖެ ގަޑިން ހެނދުނު 10:00ގައި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރާއި އިނގިރޭސި ސަފީރު ސާ މައިކަލް ވޯކާ ސޮއިކުރެއްވި އެއްބަސްވުމަކާއެކުގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ސިލޯނުގައި ހުރި އިނގިރޭސި ހައި ކޮމިޝަންގައެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ ވަނީ، މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވަން ބޮޑުވަޒީރާއި އޭރުގެ ސަފީރު އިށީނދެވަޑައިގެންނެވި ދެ ގޮނޑި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ހަވާލުކުރައްވައިފައެވެ.

މައުޟޫޢުތަށް