އެސްއެސްޓީވީގެ ސުވާލު މުބާރާތުން މި އަހަރު ވެސް ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު

ސަން

17 ނޮވެމްބަރު 2025 | ހޯމަ | 6:06

އެސްއެސްޓީވީން ރަމަޟާން މަހު ގެނެސްދޭ ސުވާލު މުބާރާތުން، މި އަހަރު ވެސް ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ދިނުމަށް، ޤިބްލަ ޙައްޖު އެންޑް އުމްރާ ގްރޫޕާއެކު ސަން ސިޔާމް މީޑިއާއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު އާސިފެވެ. އަދި ޤިބްލަ ޙައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސްއެވެ.

މި މުބާރާތާ ގުޅޭގޮތުން އާސިފް ވިދާޅުވީ، މިދިޔަ ރަމަޟާން މަހު ބޭއްވި މުބާރާތަށް އާންމުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށާއި، އަންނަ ރަމަޟާން މަހު ބާއްވާ ސުވާލު މުބާރާތަށްވެސް އާންމުންގެ ތަރުހީބު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މައުޟޫޢުތަށް