ޕެންޝަން ފަންޑުގެ ރައްކާތެރިކަން ދަމަހައްޓާނަން، ގަވައިދުތަކާ ޚިލާފަށް އަމަލުކޮށްފައެއް ނުވާނެ: އިނާޒް
ސަން
17 ނޮވެމްބަރު 2025 | ހޯމަ | 7:25
ޕެންޝަން އޮފީހުގެ ގަވައިދުތަކާ ޚިލާފަށް މެނޭޖުމަންޓުން އަމަލުކޮށްފައެއް ނުވާނެ ކަމަށާއި ޕެންޝަން ފަންޑުގެ ރައްކާތެރިކަން ދަމަހައްޓާނެ ކަމަށް އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ޕެންޝަން ފަންޑުން ކުރާ މުއާމަލާތެއްގެ ދަށުން، އެމްއެމްއޭއިން އެ ފަންޑުގައި 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ.
އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.