މާލެއިން ފުރައިގެން 25 މިނެޓުން ދެވޭ ރަށެއްގައި، ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހަދަނީ
ސަން
17 ނޮވެމްބަރު 2025 | ހޯމަ | 8:41
މާލެއިން ފުރައިގެން ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރަށެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕު އޮގައިޒޭޝަނުން ރިސޯޓެއް ހަދާނެކަން މިއަދު އިއުލާނުކޮށްފިއެވެ.
ބޭރުގެ ނޫސްތަކުގައި ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު، ޑާ ގްލޯބަލް އާއި ޓްރަމްޕް އޮގަނައިޒޭޝަނުން ނެރުނު ބަޔާނަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗާއި މޫދު ކޮޓަރި ހުންނާނެއެވެ.
އެ ބަޔާނުގައި ވަނީ، ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ، 2028ގެ ފަހުކޮޅު ކަމަށެވެ.