'އެކުއާ ޑްރީމްސް'ގެ ނަމުގައި ޝަމްލާގެ ދެމައިން އެގްޒިބިޝަނެއް ބާއްވަނީ

ސަން

18 ނޮވެމްބަރު 2025 | އަންގާރަ | 10:10

"އެކުއާ ޑްރީމްސް"ގެ ނަމުގައި އައިޝަތު ޝަމްލާގެ ދެމައިން އަންނަ ބުރާސްފަތި ދުވަހު އާޓް އެގްޒިބިޝަނެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

'ސަން'އަށް މައުލޫމާތު ދެމުން ޝަމްލާ ބުނީ، މި އެގްޒިބިޝަނުގައި ބައިވެރިކުރަނީ ކޮވިޑު19ގެ ތެރޭގައި ދަރިފުޅު ޔޫނުސް މުޙައްމަދު އާމިރާއި އެ ދެމައިން ކުރެހި ކުރެހުންތަކާއި އަތުން ހަދާފައި ހުރި ބައެއް ތަކެތި ވެސް ހުންނާނެ ކަމަށެވެ.

އެއީ، އެ ދުވަސްވަރު ސިކުނޑި ހަމަޖައްސާލަން ކުރެހި ކުރެހުންތަކެއް ކަމަށާއި ވިއްސަކަށް ކުރެހުން ހުންނާނެ ކަން ޝަމްލާ ފާހަގަކުރިއެވެ.

މައުޟޫޢުތަށް