ޖަނަވަރީން ފެށިގެން، ނަފުސާނީ ބައްޔަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެހޭނެ

ސަން

17 ނޮވެމްބަރު 2025 | ހޯމަ | 10:56

އަންނަ ޖަނަވަރީ އެކަކުން ފެށިގެން, ނަފުސާނީ ބަލިތަކުގެ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ނަފުސާނީ ބައްޔަކީ ބޮޑު މައްސަލައަކަށް ވާއިރު، އެ ފަރުވާއަށް މިއަދާ ހަމައަށް އާސަންދައިން ޚަރަދު ހަމަނުޖެހޭ ކަމަށެވެ.

އެ ބަލިތަކަށް ކުރާ ފަރުވާ އާސަންދައިން އެއްކޮށް ނުކޮށްދޭތީ އެކަމާ ހައިރާންވެފައި ހުންނެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް