ގޭންގުތަކުގައި އުޅުނު މީހުން މިހާރު ކުށް ކުރުން ހުއްޓާލައި، އާދައިގެ ދިރިއުޅުމެއް ހޯދައިފި: ރައީސް
ސަން
17 ނޮވެމްބަރު 2025 | ހޯމަ | 10:42
މީގެ ކުރިން ގޭންގުތަކުގައި އުޅުނު މީހުން ކުށް ކުރުން ހުއްޓާލައި، އާދައިގެ ދިރިއުޅުމެއް ހޯދައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ރައީސް ވިދާޅުވީ، ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނުގައި ހިމަނާނެ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ މަސްތުވާތަކެތީގެ ސަޕްލައި ހުއްޓުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ޑުރަގު އެތެރެކޮށް ވިއްކުން، އެ މީހުންނަށް އޮންނާނީ އެންމެ މަތީ އަދަބު، ދެން މީގެއިން މީހުން ސަލަމާތް ކުރާނީ،" ރައީސް ވިދާޅުވިއެވެ.