ކުރެހުމުގެ ފަންނަށް އަހަރަކު 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ފަށަނީ

ސަން

17 ނޮވެމްބަރު 2025 | ހޯމަ | 11:37

އަންނަ އަހަރުން ފެށިގެން, ކުރެހުންތެރިންނާއި ކުރަހަން ދަސްކުރާ މީހުންނަށް ހިލޭ އެހީގެ ގޮތުގައި އަހަރަކު 25 މިލިއަން ރުފިޔާ ދޭނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފިއެވެ.

ސަރުކާރަށް ދެ އަހަރުވުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ، ޒުވާނުންނަށް ފުރުސަތުތައް ފަހިކުރަން މި ސަރުކާރުން ކުރަމުން އަންނަ ކަންތައްތައް ފާހަގަކުރައްވައިފައެވެ. އެގޮތުން މަސައްކަތް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ނޮވެންބަރު 17، 2023އިން ފެށިގެން 375 ޒުވާނުން ތަމްރީނުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭގެ ތެރެއިން 72 ޕަސެންޓް ޒުވާނުން ވަނީ ވަޒީފާ ކަށަވަރުކޮށްފައި ކަމަށެވެ. އަދި އިތުރު 112 ޒުވާނުން މިހާރު ވެސް ތަމްރީނުތައް ހަދަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް