ދައުލަތުގެ ޚަރަދު ހުރި ވަރަށް ވުރެ 40 ޕަސެންޓު ކުޑަ ކުރަންޖެހޭ: ސިޔާމް

ސަން

18 ނޮވެމްބަރު 2025 | އަންގާރަ | 10:35

ދައުލަތުގެ ޚަރަދުތައް މިހާރު ހުރި މިންވަރަށްވުރެ 40 ޕަސެންޓު ކުޑަކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުން އަންނަ އަހަރަށް ހުށަހަޅާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓަށް ބަހުސްކުރައްވަމުން ސިޔާމް ވިދާޅުވީ ބަޖެޓު ހެދުމުގައި އިސްކަން ދޭންޖެހޭ އެންމެ މުހިންމު ކަމަކީ ބަޖެޓުގެ ޚަރަދުތައް ބެލެންސްކުރުން ކަމަށެވެ. ޚަރަދު ބޮޑުވާނެހެން ކަންކަން ކުރުމަކީ ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އަންނަ އަހަރު ރާއްޖެއިން ދަރަންޏަށް އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު، އެ ފައިސާއަކީ އަދި ދައުލަތުގައި ހުރި ފައިސާއެއް ވެސް ނޫން ކަމަށެވެ. އެ ފައިސާ ވެސް ހޯދަން ޖެހެނީ ދައުލަތުން ބޮންޑު ވިއްކައިގެން ކަމަށް ވިދާޅުވިއެވެ. އަދި މިއީ ޚަރަދުތައް ކުޑަކުރަން ޖެހޭ އެންމެ މުހިންމު ސަބަބު ކަމަށް ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް