ތަފާތު އެކި މާއްދާތައް ކިޔަވައިދޭ ތިބްޔާން ޕްރީސްކޫލުން އަންނަ އަހަރުގެ އެޑްމިޝަނަށް އިއުލާންކޮށްފި

ސަން

18 ނޮވެމްބަރު 2025 | އަންގާރަ | 12:35

ހުޅުމާލޭގެ ފޭސް އެކެއްގައި ހިންގަމުން އަންނަ ތިބްޔާން ޕްރީސްކޫލްގެ, އަންނަ އަހަރުގެ ދިރާސީ އަހަރުގެ އެޑްމިޝަނަށް ހުޅުވާލައިފިއެވެ.

އެ ސްކޫލުން ބުނީ އެޑްމިޝަން ހުޅުވާލާފައިވަނީ ޕްލޭސްކޫލު، ބޭބީ ނާސަރީ، ލެވަލް 1 (ނާސަރީ) ، ލެވަލް 2 (އެލްކޭޖީ) އަދި ލެވަލް 3 (ޔޫކޭޖީ) ގެ ގުރޭޑުތަކުން ކަމަށެވެ.

ތިބްޔާން ޕްރީސްކޫލުން ބުނީ އެސްކޫލުގައި ކިޔަވައިދޭނީ ތަފާތު ހަތް މާއްދާއެއްގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތް ސެޓަކުން ކަމަށެވެ. އެ މާއްދާތަކަކީ ޤުރުއާން، ޢަރަބި ބަސް، އިސްލާމް، ދިވެހިބަސް، އިނގިރޭސި، ހިސާބު އަދި ސެޓް މި މާއްދާ ހިމެނެއެވެ.

މައުޟޫޢުތަށް