މުސާރަ ބޮޑުކުރީމަ އިންފްލޭޝަން ބޮޑުވެ, ގެއްލުން ވާނެ, އެކަން ކުރެވޭނީ ވަގުތު ނަގައިގެން: ސިޔާމް
ސަން
18 ނޮވެމްބަރު 2025 | އަންގާރަ | 11:42
ދައުލަތުގެ އެކި ފަންތީގެ ވަޒީފާތަކުގައި ތިބި އެތައް ހާސް މުވައްޒަފުންނެއްގެ މުސާރަ މި މަހުން ފެށިގެން ބޮޑު ކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާއިރު, އޭގެ ސަބަބުން އިންފްލޭޝަން ބޮޑުވެ, ގެއްލުންތަކަކާ ކުރިމަތި ވާނެ ކަމަށް, އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ, ކުރިއަށް އޮތްތަނުގައި މުސާރަތައް ބޮޑުކޮށްފި ކަމަށްވާނަމަ, ތަކެއްޗާއި ޚިދުމަތުގެ އަގުތައް, ނުވަތަ އިންފްލޭޝަނަށް ބޮޑެތި މައްސަލަތައް ކުރިމަތި ވާނެ ކަމަށެވެ.
"މީގެ ޚަރަދު ވަރަށް ބޮޑު ވެގެންދާނެ. މީގެ ގެއްލުން ވެސް ވަރަށް ބޮޑު ވެގެން ދާނެ. އަޅުގަނޑު ދެކޭގޮތުގައި މުސާރަތައް ބޮޑު ކުރެވިދާނެ. އެކަމަކު އެ ބޮޑު ކުރެވޭނީ ވަގުތުތަކެއް ދީގެން،" ސިޔާމް ވިދާޅުވިއެވެ.