ގިނަ މީހުން ބޭނުންވަނީ މަސައްކަތެއްނުކޮށް ވަޒީފާ އަދާކުރަން: ނާޒިމް

ސަން

18 ނޮވެމްބަރު 2025 | އަންގާރަ | 3:25

ގިނަ މީހުން މިހާރު ބޭނުންވަނީ އެއްވެސް މަސައްކަތެއް ނުކޮށް "ވަޒީފާ އަދާކުރަން" ކަމަށާއި، ދުބާއީ އާއި ސިންގަޕޫރު ފަދަ ތަންތަން މިސާލަކަށް ނަގައި ރާއްޖެ ތަރައްގީކުރަން ބޭނުންނަމަ މުރާލިކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ސިންގަޕޫރަށާއި ދުބާއީއަށާއި އަބޫދާބީ ފަދަ ތަންތަންހެން ރާއްޖެ ތަރައްގީވާން ދިވެހީން ބޭނުންވާ ކަމަށާއި، އެ މަގަށް މިސްރާބު ބެހެއްޓުމަށްޓަކައި މަސައްކަތްކޮށް އާމްދަނީ ހޯދުން މުހިންމު ކަމަށެވެ.

އެ ވިސްނުން ގެންނަންވާނީ ހަމައެކަނި ސަރުކާރާ ހިސާބަކުން ނޫންކަން ނާޒިމް ފާހަގަކުރެއްވިއެވެެ.

މައުޟޫޢުތަށް