ޗައިނާއަކީ ފުރުސަތުތަކުގެ މާސިންގާ ކަނޑެއް، ރާއްޖެއާއި ޗައިނާގެ ތަރައްގީގެ ސިޔާސަތު އެއްގޮތްކުރެވޭނެ: ސަފީރު

ސަން

18 ނޮވެމްބަރު 2025 | އަންގާރަ | 2:47

ޗައިނާއިން ތަރައްގީ ހާސިލްކުރި މަގުން ކުރިއަށް ދިިއުމަށް ޓަކައި، ރާއްޖެއަށް، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތައް، ޗައިނާގެ ތަރައްގީގެ ސިޔާސަތާ އެއްގޮތްކުރެވޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ މިއަދު ވިދާޅުވެއްޖެއެވެ.

ޝިންހުއާ މިގޮތަށް ވިދާޅުވީ މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި "މީޑިއަމް އެންޑް ލޯންގް-ޓާމް ޑިވެލޮޕްމެންޓު ޕްލޭނިންގް: ކީ ޓު ނޭޝަނަލް މޮޑަނައިޒޭޝަން" ސެމިނާގައި ވާހަކަދައްކަވަމުންނެވެ.

މި ސެމިނާ ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ޝިންހުއާ ވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއެކު މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި ޝީ ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާފައެވެ. ސަފީރު ވިދާޅުވީ އެ ބައްދަލުވުމުގައި ޝީ ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ ޗައިނާއަކީ އިގްތިޞާދީ ފުރުސަތުތަކުން ފުރިފައިވާ ކަނޑެއް ކަމަށެވެ.

މައުޟޫޢުތަށް