24 ގަޑިއިރު ކުންފުނިތަކާއެކު ވަޒީރުން މަސައްކަތްކުރާއިރު ގާނޫނާ ގަވައިދަކާ ޚިލާފެއް ނުވާނެ: ޒަމީރު
ސަން
18 ނޮވެމްބަރު 2025 | އަންގާރަ | 9:00
މި ސަރުކާރުގެ ވަޒީރުން އަބަދުވެސް 24 ގަޑިއިރު ކުންފުނިތަކާއެކު މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށާއި، މަސައްކަތްކުރައްވާނީ ބަންޑާރަނައިބާއި އޮޑިޓަރު ޖެނެރަލްގެ ލަފާގެ މަތިން ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ބަހުސްކުރައްވަމުން ޒަމީރު ވިދާޅުވީ، އާންމުގޮތެއްގައި ދިވެހިރާއްޖޭގައި ހިންގާ ދިވެހި ކުންފުނިތަކުން ގަވައިދުން ޓެކްސްތައް ދައްކަމުން އަންނަ ކަމަށްވިޔަސް ބައެއް ކަހަލަ އިންވެސްޓްމެންޓްތަކުގައި ޓެކްސް ނުދައްކާ ކުންފުނިތައްވެސް އުޅޭ ކަމަށެވެ. ނަމަވެސް ޓެކްސް ނެގުމުގެ ކަންކަން ހަރުދަނާކުރުމަށް މީރާއާއެކީ ފިނޭންސް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ، މީރާގެ އިތުރުން ކަސްޓަމްސްއާއި ދައުލަތަށް އާމްދަނީ ވައްދާ އެހެނިހެން އިދާރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ވެސް އެހީތެރިކަން ދޭނެ ކަމަށެވެ.