ސިއްހީ އަދި ތައުލީމީ ދާއިރާގައި އުޅޭ އިންޑިއާ މަސައްކަތްތެރިންގެ ރެމިޓެންސް ލިމިޓު ބޮޑުކޮށްފި
ސަން
18 ނޮވެމްބަރު 2025 | އަންގާރަ | 3:59
ރާއްޖޭގައި ސިއްހީ ދާއިރާއާ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ, ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ޑޮލަރު ފޮނުވޭ ލިމިޓު ބޮޑުކޮށްފިއެވެ.
ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް، ރެމިޓެންސްގެ ގޮތުގައި އިންޑިއާއަޑް ޑޮލަރު ފޮނުވޭ އަދަދު 150 ޑޮލަރަށް ދަށްކުރަން ނިންމީ މިދިޔަ މަހުގެ 16ވަނަ ދުވަހެވެ.
އެގޮތުން، ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުގެ މީހުންނަށް ރުފިޔާ-ރުޕީސް ރެމިޓެންސްގެ ދަށުން މުސާރަ ފޮނުވޭނީ 2،313 ރުފިޔާއާ ހަމައަށް ކަމަށް އެސްބީއައި އިން އެއިރު ބުންޏެވެ. އެއީ، ބޭންކް ރޭޓުން 150 ޑޮލަރެވެ. މިގޮތަށް އަމަލުކުރަން ފެށީ އެ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.