އޮކްޓޫބަރުގައި ތެރަޕީއަށް 17.7 މިލިއަން ޚަރަދުކުރި، ގިނައީ 18 އަހަރުން ދަށުގެ ކުދިން

ސަން

18 ނޮވެމްބަރު 2025 | އަންގާރަ | 11:13

މިދިޔަ އޮކްޓޫބަރު މަހުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް 17.7 މިލިއަން ރުފިޔާއަށް ޚަރަދުކުރިކަން އެ އެޖެންސީގެ ހިސާބުތަކުން ދައްކައިފިއެވެ.

މިއަދު އެންސްޕާއިން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނައިން މިދިޔަ މަހު ޚަރަދުކުރީ، ބިހޭވިއާ ތެރަޕީއަށެވެ. އެ ބާވަތުގެ ތެރަޕީއަށް 4.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޮކިއުޕޭޝަނަލް ތެރަޕީއަށް މިދިޔަ މަހު ވަނީ، 4.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ދެން އެންމެ ގިނައިން މިދިޔަ މަހު ހޭދަކޮށްފައި ވަނީ، ސްޕީޗް ތެރަޕީއަށެވެ. އެފަދަ ތެރަޕީތަކަށް 283 މީހުންނަށް 3.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މައުޟޫޢުތަށް