ޔޫރަޕްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވިޔަފާރިތަކުން ގުޅުން ބަދަހިކުރަން، ރޯޑްޝޯއެއް ބާއްވަނީ
ސަން
19 ނޮވެމްބަރު 2025 | ބުދަ | 12:54
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އާއި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންޖީއެޗްއެމް)އިން ގުޅިގެން ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް "އައި އެމް މޯލްޑިވްސް" ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މިއީ އެ ސަރަހައްދުގެ ދަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ އެކި ފަތުރުވެރިކަމުގެ ކުންފުނިތަކުން ދޭ ޚިދުމަތްތައް ދައްކާލައި މަގުބޫލުކަން ހޯދުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. މިދިޔަ ހޯމަ ދުވަހު ފެށި މި ރޯޑްޝޯ ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޕޮލެންޑް، ރޯމޭނިއާ އަދި ޗެކް ރިޕަބްލިކްގައި ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މި ރޯޑްޝޯގައި ރާއްޖޭގެ ހޮޓެލް، ގެސްޓުހައުސް އަދި ލިވްއެބޯޑްސް އާއި ޓްރެވެލް އޭޖެންސީތައް ހިމެނޭހެން 26 ވިޔަފާރިއަކުން ބައިވެރިވާނެ ކަމަށެވެ. މި ރޯޑްޝޯގެ ހަވާސާގައި ވިޔަފާރި ބައްދަލުވުންތަކާއި، ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެކި ހަރަކާތްތައް ހިމެނޭހެން މުހިންމު ގިނަ ކަންތައްތަކެއް ކުރިއަށްގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.