ބާރު އޮތްއިރު އެއްވެ އުޅެވޭ ގޮތް ނުހެދުމަކީ އެމްޑީޕީއަށް ހެދުނު ގޯހެއް: މީކާއީލް

ސަން

19 ނޮވެމްބަރު 2025 | ބުދަ | 10:24

މިދިޔަ ފަސް އަހަރު 'ބާރު އޮވެ' އެއްވެ، އުޅުމުގެ ގާނޫނު އުވާނުލެވުމަކީ ހެދުނު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެ ގާނޫނު އުވާލަން މަޖިލީހުގެ މާ ބޮޑު 'ބާރެއް ނެތް' އެމްޑީޕީގެ ފަރާތުން މީކާއީލް މި ހިނގާ ވިހިވަނަ މަޖިލީހަށް ހުށަހެޅުއްވީ މި މަހު ތިންވަނަ ދުވަހެވެ. އެކަމަކު، މިދިޔަ ފަސް އަހަރު ސަރުކާރުގައި ތިބެ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮވެ އެ ގާނޫނު އެމްޑީޕީން އުވައެއް ނުލައެވެ. އޭރު އޮތް 19 ވަނަ މަޖިލީހުގައި ވެސް މީކާއީލް އިންނެވިއެވެ.

އެ ބިލަށް ބަހުސްކުރައްވަމުން މީކާއީލް މިއަދު ވިދާޅުވީ، އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ގާނޫނެއް ކަމަށެވެ. އަދި، އެ ގާނޫނު އުވާލުމަކީ 2018 ވަނަ އަހަރު ވެސް އެމްޑީޕީން ވީ ވައުދެއް ކަމަށެވެ.

މައުޟޫޢުތަށް