އަބްދުއްރަޙުމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި

ސަން

19 ނޮވެމްބަރު 2025 | ބުދަ | 11:15

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދަޢުވާތައް ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް އަބްދުއްރަހުމާނު މަރާލީ މިދިޔަ ޖުލައި މަހުގެ 13ގައެވެ.

އެ މައްސަލައިގައި އެ ރަށު ތިން ޒުވާނުން ހައްޔަރުކުރީ އޮގަސްޓު މަހު 21ގައެވެ. އެއީ، އއ. މާޅޮސް، ފިޔަ، އަހްމަދު އާޝިދާއި، އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސެވެ.

މައުޟޫޢުތަށް