ބޮޑު ތުހުމަތެއް: ނޮވެންބަރު 17 ގެ އެއްވުން އެމްޑީޕީން ނުބޭއްވީ ފައިސާ ނަގައިގެން!

ސަން

19 ނޮވެމްބަރު 2025 | ބުދަ | 11:13

އިދިކޮޅު އެމްޑީޕީން މިދިޔަ ހޯމަ ދުވަހު ބާއްވާނެ ކަމަށް މީގެ ކުރިން އިއުލާނުކުރި ބޮޑު އެއްވުން ކެންސަލްކުރީ 'ދާނެ މީހަކު ނުވެގެން ވިއްކާލައިގެން' ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ތުހުމަތުކުރައްވައިފިއެވެ.

ސަރުކާރަށް ދެ އަހަރު ފުރޭ ނޮވެންބަރު 17 އާ ދިމާކޮށް ބޮޑު އެއްވުމެއް ބާއްވަން އެމްޑީޕީން އިއުލާނުކުރީ މިދިޔަ މަހު ތިންވަނަ ދުވަހު ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ފަހު، ޖެހިގެން އައި ދުވަހު ބޭއްވި ގައުމީ މަޖިލީސް ބައްދަލުވުމެއްގައެވެ.

އެހެންވެ، އެ އެއްވުމަށް ތައްޔާރުވާން އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކުރިއެވެ.

މައުޟޫޢުތަށް