ހަށިވިއްކުމުގެ ތުހުމަތުގައި ބިދޭސީ ތިން އަންހެނުންނާއި ދިވެއްސަކު ހައްޔަރުކޮށްފި
ސަން
19 ނޮވެމްބަރު 2025 | ބުދަ | 11:51
ހަށިވިއްކުމުގެ ވިޔަފާރީގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ "ޕީސް ސެލޫން އެންޑް ސްޕާ"އިން ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުގާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.