ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަނީ، މުސާރަ ހާމައެއް ނުކުރޭ

ސަން

19 ނޮވެމްބަރު 2025 | ބުދަ | 2:56

ސަރުކާރުން ތައާރަފު ކުރަން މަސައްކަތް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް 407 ޑްރައިވަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މާލޭ ޓެކްސީ ސާވިސް ފެށުމަށް ހަވާލުވެފައިވާ އެމްޓީސީސީން އިއްޔެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ، ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެއެވެ.

އެ އިއުލާނުގައި ވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މައުޟޫޢުތަށް