މުސާރަ އެއްހަމަކުރާ ގޮތުން ލީގަލް މުވައްޒަފުންނަށް 396 ރުފިޔާ ކެނޑޭތީ، މަޖިލީހަށް ޕެޓިޝަނެއް

ސަން

19 ނޮވެމްބަރު 2025 | ބުދަ | 5:22

ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކޯޓުތަކުގައި މަސައްކަތްކުރާ ލީގަލް މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައެވެ. މި އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ.

އެހެންނަމަވެސް، ޕޭ ހާމަނައިޒޭޭޝަންގެ ސަބަބުން އައި ބަދަލާ ގުޅިގެން ބައެއް ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.

މައުޟޫޢުތަށް