ހައިކޯޓު ހިންގެވުމާ ހަވާލުވިތާ 8 މަސް ފަހުން ފައިސަލް އިސްތިއުފާ؛ ވަގުތީ ގޮތުން މަގާމަށް ޖަމީލް

ސަން

19 ނޮވެމްބަރު 2025 | ބުދަ | 6:14

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ، ފަނޑިޔާރު މުހައްމަދު ފައިސަލް، އެ މަގާމުން އިސްތިއުފާ ދެއްވުމުން، ހައިކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފިއެވެ.

ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު، ސުޕްރީމް ކޯޓަށް ޕްރޮމޯޓް ކުރުމާއެކު، ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ މުހައްމަދު ފައިސަލްއެވެ. އެއީ މިދިޔަ މާރިޗު މަހެވެ.

މާރިޗު މަހު، ފައިސަލް އިސްފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމި ނަމަވެސް މިހާތަނަށްވެސް އިސްފަނޑިޔާރު ކަމުގެ ފަތްކޮޅު އޮތީ ފައިސަލަށް ނާރުވައެވެ.

މައުޟޫޢުތަށް