ބައްސާމް ކްރެޑިޓް ކާޑަށް ގާތްގަނޑަކަށް 90،000 ރުފިޔާ ދެއްކުމުން، ކޯޓުން މައްސަލަ ނަގައިފި
ސަން
19 ނޮވެމްބަރު 2025 | ބުދަ | 6:41
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ދޫކޮށްފައި އޮތް ވިސާ ގޯލްޑް ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ހުށަހެޅި މައްސަލަ، ބައްސާމް އެ ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފިއެވެ.
ދެ މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ބޭންކުން ދައުވާކުރީ، އޭނާއަށް ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ، 89،997 ރުފިޔާ ނުދައްކައިގެންނެވެ.
އެކަމަކު ބޭންކުން، އެ މައްސަލައިގައި ބައްސާމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ބައްސާމްވަނީ އެ ފައިސާ ދައްކާފައެވެ.