ބައެއް އިދާރާތަކުން އިތުރަށް ދޭން އެދުނު ފައިސާ ނުހިމަނައި، 64.2 ބިލިއަންގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
ސަން
19 ނޮވެމްބަރު 2025 | ބުދަ | 5:40
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓު, މާ ބޮޑު ބަދަލެއް ނުގެނެސް ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފަށްޓަވަމުން، ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއާ ހަވާލާދެއްވައި އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އަންނަ އަހަރު ބޮޑެތި ޚަރަދުތައް ހިނގާނެތީ އިތުރަށް ބަޖެޓު ބަދަލުކުރެވެން ނެތް ކަމަށެވެ.
އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ބަޖެޓުގެ ތެރެއިން ދޫކުރުމަށް ނިންމާފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީން ބުނި ކަމަށް ސަލީމް ވިދާޅުވިއެވެ.