'ޓެކްސީ ނަފާ' ލޯނުން ގެނައި ކާރުތައް ރަޖިސްޓްރީ ނުކުރެވި އަހަރެއް؛ ޑްރައިވަރުން ބުނީ ސްކޭމެއް ކަމަށް

ސަން

19 ނޮވެމްބަރު 2025 | ބުދަ | 8:58

ކުރީ ސަރުކާރުން ޓެކްސީ ދުއްވަން ކާރު ގަންނަން ތައާރަފުކުރި 'ޓެކްސީ ނަފާ ލޯނު'ގެ ދަށުން ގެނައި ކާރުތައް ރަޖިސްޓްރީ ނުކުރެވި އަހަރެއް ވެގެން ގޮސް އޭގެ ބޭނުން ނުކުރެވި އޮއްވައި، ޑްރައިވަރުންނަށް ލޯނަށް ފައިސާ ދައްކަން ޖެހުމަކީ 'ސްކޭމް'އެއް ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.

ކުރީގެ އެސްޑީއެފްސީ ނުވަތަ މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލްއިން މި ލޯނު ތައާރަފުކުރީ ސެޕްޓެމްބަރު 04، 2023ގައެވެ. ނަމަވެސް އެ ލޯނަށް އެދުނު މީހުންނަށް ފައިސާ ޖަމާވެފައި ވަނީ މި ސަރުކާރު އައިސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށެވެ.

ނަމަވެސް އެ ލޯނުގެ ދަށުން ޑްރައިވަރުން ގަތް ކާރުތައް ރަޖިސްޓްރީ ނުކުރެވި އަދި އަދަށް ވެސް ކާރުތައް ބޭނުންނުކުރެވޭ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އެކަމުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރިއެވެ.

މައުޟޫޢުތަށް