މާލޭގައި ފުރަތަމަ އާބަން ހެލްތު ކެއާ ސެންޓަރު ހުޅުވައިފި

ސަން

19 ނޮވެމްބަރު 2025 | ބުދަ | 7:39

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ބީޗު ސަރަހައްދުގައިި އިމާރާތްކުރަން ފެށި ކޮރަލް ބޮލެވާޑުގެ އިމާރާތް, ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް މިއަދު ހުޅުވައިފިއެވެ.

ރަސްފަންނު ބީޗުގައި މޫދު ކުރިމައްޗަށްވާ ގޮތަށް ހުރި އެ އިމާރާތް ހަ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ހުހަށް ހުއްޓެވެ.

"އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު"ގެ ނަމުގައި މިއަދު ހުޅުވި ކްލިނިކް ތަރައްގީކުރުމަށްފަހު ކުނި މެނޭޖްކުރާ ސަރުކާރު ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)އާ ހަވާލުކޮށްފައެވެ.

މައުޟޫޢުތަށް