އެންމެން އަތުކުރި އޮޅަނީ ލޭ ހަދިޔާކުރުމަށް ހިތްވަރުދޭން
ސަން
19 ނޮވެމްބަރު 2025 | ބުދަ | 9:13
އެންމެން އަތުކުރި އޮޅަމުންދަނީ ލޭ ހަދިޔާ ކުރުމަށް ކަމަށް، 'އަތުކުރި އޮޅާލަމާ' ކެމްޕެއިން ޓީމުން ހާމަކޮށްފިއެވެ.
އެކި މީހުން އަތުކުރި އޮޅާލާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންތަކެއް ވަނީ ކެމްޕެއިނެއް ފަށައިފައެވެ.
ފާއިތުވި ދުވަސްތަކުގައި އެކި އުމުރުފުރާގެ އެކި މަގާމުތައް އަދާކުރާ މީހުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. އެގޮތުން ހެލްތު މިނިސްޓަރު އަބްދުالله ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި މިހާރުގެ ބައެއް މެންބަރުންނާއި އެމްއެންޔޫގެ ބައެއް ދަރިވަރުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ވައިރަލްވެފައިވެއެވެ.