މީހަކަށް ހަމަލާ ދޭން ކަމަށް ބުނެ، ކަޓަރެއް ގެންގުޅުނު 2 މީހުން ހައްޔަރުކޮށްފި
ސަން
20 ނޮވެމްބަރު 2025 | ބުރާސްފަތި | 9:00
މީހެއްގެ ގަޔަށް ޖަހަން ގެންގުޅުނު ކަމަށް ބުނާ ކަޓަރަކާ އެކު ގްރޫޕު މާރާމާރީއެއްގައި ހިމެނޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ގްރޫޕު މާރާމާރީގައި ހިމެނޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހަކާއި އުމުރުން 34 އަހަރުގެ މީހެކެވެ.
އިއްޔެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައިރު، ދެ މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ތުހުމަތެވެ.