އެކަށީގެންވާ ވަރަށް އިލްމީ ބަހުސްކުރައްވާ މެންބަރުންނެއް ނެތް: އަބްދުއްރަހީމް

ސަން

19 ނޮވެމްބަރު 2025 | ބުދަ | 11:16

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ އެކަށީގެންވާ ވަރަށް އިލްމީ ބަހުސްކުރައްވާ މެންބަރުންނެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބިލުތަކުގެ އިބްތިދާއީ ބަހުސް ކުރިއަށްދާއިރު ވާދަވެރި ސިޔާސީ ޕާޓީތައް އޮންނަ ކަމަށް ވާނަމަ ސިޔާސީ ވާހަކަ ދެކެވޭނެ ކަމަށެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށާއި، އެއް ބަޔަކު އަނެއް ބަޔަކަށް ރައްދު ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި އިލްމީ ބަހުސް ކުރައްވާ ބައެއް ބޭފުޅުން ތިއްބަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި އަލަށް މަޖިލީހާ ގުޅުނު ބޭފުޅުން ގިނަ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން އިލްމީ ބަހުސްތައް ކުރެއްވުމަށްޓަކައި މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި އެހެންވެސް މަސައްކަތްތަކަށް "ހޭނެން ވަގުތުކޮޅެއް ނަގާނެ" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މައުޟޫޢުތަށް