ޑްރަގް ޑީލަރުން މިހާރުވެސް ދައުލަތުގެ މުވައްޒަފުން ރެކްރޫޓްކުރޭ، ބައެއް މީހުން ތިބީ މަޖިލީހުގައި ޕާޓީތަކުގެ ނިވަލުގައި: އުމަރު

ސަން

19 ނޮވެމްބަރު 2025 | ބުދަ | 11:26

ދައުލަތުގެ ވަޒީފާގައި ތިބި ގިނަ ބަޔަކަށް އުޖޫރަދޭ ގޮތަށް ޑްރަގް ޑީލަރުންގެ އެތައް ބަޔަކު މިހާރުވެސް ރެކްރޫޓުކޮށްފައިވާ ކަމަށާއި، ގިނަ ޑްރަގް ޑީލަރުން މިވަގުތު ތިބީ މަޖިލީހުގެ މެންބަރުކަމާއި ދައުލަތުގެ އެކި މަގާމުތަކުގައި ސިޔާސީ ޕާޓީތަކުގެ ނިވަލުގައި ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ ކުށް ސާބިތުވާ މީހުން ޖަލުތަކުގައި ނުބޭތިއްބެނީ އިންތިޚާބުތަކާ ދިމާކޮށް، މަސްތުވާތަކެތީގެ ކުށުގައި އުމުރަށް ޖަލަށް ލާފައި ތިބި މީހުންނާ އެކި އެކި ޑީލް ހަދައިގެން އެ މީހުން ދޫކޮށްލާތީ ކަމަށެވެ.

އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނެ އެއް ގޮތަކީ ސިޔާސީ ޕާޓީތަކާއި ޑްރަގް ވިއްކާ މީހުންނާ އޮންނަ ގުޅުން ކަނޑާލުމެވެ.

މައުޟޫޢުތަށް