މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރަން ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާއާ އެކު ސޮއިކޮށްފި
ސަން
20 ނޮވެމްބަރު 2025 | ބުރާސްފަތި | 11:04
ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް، ރަނގަޅު މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށްޓަކައި، 'ޑީސެންޓް ވާކް ކަންޓްރީ ޕްރޮގްރާމް' (ޑީޑަބްލިއުސީޕީ) 2025-2031 ތަންފީޒުކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ރާއްޖެއިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގައި އަބުރުވެރި މަސައްކަތުގެ ޕްރޮގްރާމްތައް ކުރިއެރުވުމާއި، މަސައްކަތްތެރިންގެ ހައްޤުތަކަށް އިސްކަންދީ، އިންސާފުވެރި އަދި އެއްވެސް ތަފާތުކުރުމެއް ނެތް މަސައްކަތުގެ މާހައުލެއް ބިނާކުރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މަސައްކަތްތެރިން ތަމުސީލުކުރާ ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތައް ތަމުސީލުކުރާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ، (އައިއެލްއޯ)އާ ދެމެދުއެވެ.