މަނާކުރިތާ އަހަރެއްތެރޭ ރާއްޖެ އެތެރެކުރަން އުޅުނު 53،300 ވޭޕް ސާމާނު ހިފެހެއްޓި

ސަން

20 ނޮވެމްބަރު 2025 | ބުރާސްފަތި | 10:24

ވޭޕްކުރުމާއި އެ ތަކެތި ގެންގުޅުން މަނާކުރިތާ އަހަރެއް ތެރޭގައި، ރާއްޖެ އެތެރެކުރަން އުޅުނު އެ ޒާތުގެ 53،000އަށް ވުރެ ގިނަ ތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.

ސަރުކާރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުމާއި އެތަކެތި ރާއްޖޭގައި ގެންގުޅުން މަނާކުރީ، މިދިޔަ އަހަރުގެ ނޮވެންބަރު 15ގައެވެ.

އޭގެފަހުން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ކަސްޓަމްސްއިން މިއަދު ބުނީ އަހަރެއް ތެރޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރަން އުޅުމުގެ 176 މައްސަލަ ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގައި 53،300 ތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް